ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 3.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.5 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް މިފަހަރު ވިއްކާފައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 895 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ މޭ 19 ގެ ކުރިން އަނބުރާ ދައްކާ 513.4 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
މީގެ...