އުއްތަމަފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި
އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.
ގާނޫނީ ދާއިރާއިން މަތީތައުލީމް ހާސިލުކުރެއްވި އާ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މުއުތަސިމް ވިދާޅުވީ އެމަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ ހަފްލާތަކުން ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އުއްތަމަފަނޑިޔާރު ވަނީ އަލަށް ހުވާކުރައްވާ ވަކީލުންނަށް ނަސޭހަތްތަކެއް ދެއްވާފަ އެވެ. އެގޮތުން ސިއްރު ހިފެހެއްޓުމަކީ ވަކީލުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު...