އިގްތިސާދު ރަނގަޅުވާނެ ތަނެއް ވެސް، ހަރަދު ކުޑަކުރާ ތަނެއް ވެސް ނުފެނޭ: ނާޒިމް
ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ފިޔަވަަޅުތައް އެޅުން ލަސްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބު ވެސް އަދި ސަރުކާރަށް ބުނެދެވިފައި ނުވާ...