ބައްޕަ، ދަރިފުޅުގެ ދިފާއުގައި ނުކުމެ، ކޮމިޓީން ޖަވާބުދާރީވާން ވަގުތު އިތުރުކޮށްފި
ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރުގެ ފުރުސަތު ދޭން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލާނަމަ މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތާ ޚިލާފު ނިންމުމެކެވެ.
މިނިސްޓަރު އިހުސާންއަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އާންމު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުންގެ ވޯޓުންނެވެ. އެގޮތުން...