ފެނަކައިން ބުނަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ހައްލުވާނެ ކަމަށް
އައްޑޫގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ހައްލުކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން ބުނެފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުން މުސީބާތަކަށް ވެފައިވާތާ އެތައް ދުވަހެއް ވެފައިވެ އެވެ. ނަމަވެސް އެ މައްސަލައަށް ދާއީމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ އެތައް ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
ފެނަކަ އިން މިއަދު ބުނީ އައްޑޫގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް...