ކާންޔޭގެ ދެފުށް ދެގޮތް ކަމުން އާއްމުން ފާޑުކިޔަނީ!
ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ދެފުށް ދެގޮތްކަން މީޑިއާއަށް ފެންމަތިވެ ގިނަ ބަޔަކު އޭނާއަށް ފާޑުކިޔަން ފަށައިފި އެވެ.
ކާންޔޭއަށް ފާޑުކިޔުން އަމާޒު ވެފައި މިވަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝަންއާ މެދު ކަންތައް ކުރި ގޮތާއި މިހާރުގެ އަންހެނުން ބިއަންކާ ސެންސޮރީއާ ދެމެދު ކަން ކުރި ގޮތް ތަފާތު ވުމުންނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ މީގެ ހަ އަހަރު ކުރީގެ...