ކައިވެންޏަށް މާ ގިނައިން ހަރަދު ކުރާނަމަ ވަރިވުމުގެ ފުރުސަތު ބޮޑު: ދިރާސާ
ކައިވެނީގެ ހަފްލާއަށާއި ކައިވެނި އަނގޮޓިއަށް މާ ގިނައިން ހަރަދު ކުރާނަމަ އެ ކައިވެނި ރޫޅުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ ދިރާސާވެރިން ހެދި ދިރާސާއެއްގައި މީގެ ކުރިން ކައިވެނި ކޮށްފައިވާ އެމެރިކާއަށް ނިސްބަތްވާ 1000 ޖޯޑުގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
އެ މީހުންގެ ތެރެއިން ކައިވެންޏަށް ބޮޑު ހަރަދު ކޮށްފައިވާ މީހުންގެ ބޮޑު އިންސައްތައެއް ކައިވެނީގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި ވަރި ވެފައިވާކަން އެ ދިރާސާއިން އެނގިފައިވެ...