ސީއެސްސީގައި ޖާސޫސްކުރާ ކަމަށް ތުހުމަތުވި ދެ މުވައްޒަފުން ވަކިވެއްޖެ
ސިވިލް ސާވިސް ކޮމިޝަންގެ މުވައްޒަފުންނަށް ޖާސުސްކުރާކަމުގެ ތުހުމަތު ކުރެވުނު ދެ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވެއްޖެ އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މުވައްޒަފުން ތިބީ އެކަން ފަޅާއެރި ހިސާބުން ސަސްޕެންޑުކޮށްފައި ކަމަށެވެ.
"އެ ދެ މުވައްޒަފުން މިހާރު ވަނީ ވަޒީފާއިން ވަކިވުމަށް އަމިއްލައަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެ ދެ މުވައްޒަފުންނަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ޑިރެކްޓާ ޖެނެރަލް ހަސަން ފާރިޝް ރަޝީދު އާއި ޑާޓާ ސެންޓާ...