ރަންބީރުގެ އަމިއްލަ ލައިފްސްޓައިލް ބްރޭންޑެއް ނެރެފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ވިޔަފާރިވެރިޔާ ރަންބީރު ކަޕޫރުގެ އަމިއްލަ ލައިފްސްޓައިލް ބްރޭންޑެއް އިންޑިއާގެ ބާޒާރަށް ނެރެފި އެވެ.
ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން މިދިޔަ ހުކުރު ދުވަހު ނެރުނު "އާކްސް" ބްރޭންޑަކީ އަންހެން އަދި ފިރިހެން ފެޝަންގެ އިތުރުން އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ލިބެން ހުންނާނެ ބްރޭންޑެކެވެ.
އާކްސްގެ ފުރަތަމަ ފިހާރަ ހުޅުވަން މުމްބާއީގައި ބޭއްވި ކުޑަ ހަފްލާގައި ރަންބީރު ބައިވެރިވެ އޭނާގެ ސަޕޯޓަރުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައިވެ އެވެ.
އެ ބްރޭންޑާ ބެހޭގޮތުން...