އެންމެ ފަހުން ޖަސްޓިންއާއި ބްލޭކް އެއްބަސްވުމަކަށް އައީތަ؟
ގާނޫނީ ކޯޅުމެއްގެ ތެރޭގައި އުޅެމުން އަންނަ ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީ އެންމެ ފަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އަޑުތައް އަރައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ދެމީހުން އެއްބަސްވެފައިވަނީ މިހާރު ކުރިއަށްދާ ކޯޓު މައްސަލަތައް އެއް ފަރާތްކޮށް ސުލްހަވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނެތް ކަމަށެވެ.
އެހެން ކަމުން ދެ ތަރިން ވެސް އެކަކު އަނެކަކަށް ކޮށްފައިވާ ތުހުމަތުތަކާއި ކޯޓު ދައުވާއާއެކު ކުރިން ވެސް...