ފާޑުކިޔުން އަމާޒުވި ހުޅުމާލެ ރައުންޑްއަބައުޓް ތަކުގައި ގަސް އިންދަނީ
ހުޅުމާލޭގެ މަގުތަކުގައި ހުންނަ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް މޮނިއުމެންޓް ހަދަން ނިންމުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެތަންތަނުގައި ގަސް އިންދަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުންގެ ނުރުހުމާ އެކު، ހުޅުމާލޭގެ ރައުންޑްއެބައުޓްތަކުގައި ކޮންކްރީޓް ބިނާތައް އެޅުމުގެ ޕްލޭން އެ ކުންފުނިން އަލުން މުރާޖައާ ކޮށްފައިވާ ކަމަށެވެ.
އިއްޔެ އެ ކުންފުނިން 'ޕައިލެޓް ރައުންޑްއަބައުޓް އައިލެންޑް' ޕްރޮޖެކްޓްގެ ގްރީންސްކޭޕިން ނިންމާލާފައިވާ ކަމަށާއި...