މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ފަސް މީހަކު ދޫކޮށްލައިފި
މާލޭގައި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
އެ މީހުން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭގެތެރޭގައި އެންމެ ނުރައްކާތެރި ކުށްވެރިން ވެސް ހިމެނެ އެވެ.
އެކި ގޭންގުތަކުގެ މެދުގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތައް އަދިވެސް ނުހުއްޓުވެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗު ކައިރިން މީހެއްގެ ބޮލުގައި މަރުތޭލަކުން ޖެހި މައްސަލާގައި ހިމެނޭ މީހަކު ފިލައިގެން...