ފަސް މިލިއަންގެ ދަރަންޏެއް ދައްކަން މުހައްމާއަށް ހުކުމް ކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކޮންމެ މަހަކު މަދުވެގެން 83،000ރ. ދައްކައި ލޯނު ހަލާސްކުރަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ބީއެމްއެލް އިން ސިވިލް ކޯޓުގައި އެދުނީ މި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ނުދައްކާ އޮތް 5.2 މިލިއަން ރުފިޔާ އާއި އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު...