ދިރާގުގެ 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ނަސީބުވެރިޔާއާ ބޯޓު ހަވާލުކޮށްފި
ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ.
އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމުގައިވާ ގއ. ވިލިނގިއްޔަށް އުފަން ހުސައިން ފަޔާޒްއާ ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއިއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ހަވާލުކޮށްފައެވެ. މި އަގު ހުރި އިނާމް ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ފަޔާޒް އާއި...