ރޯދައަށް މަޖިލިސް ޗުއްޓީއަށް ގޮސް، ފުރަތަމަ ދައުރު ކުރުކޮށްލަން ހުށަހަޅައިފި
ރޯދަމަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ އިސްލާހުގައި މެންބަރު ވަނީ އަހަރުގެ ތެރޭގައި މަޖިލީހުގެ ތިން ދައުރު ބެހިގެންވާ ގޮތް ހާމަކުރައްވާފަ އެވެ.
އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން...