ނޫމަޑިއަށް ބަދަލުދޭން ނިންމިކަން މުއިއްޒު އެންގި ސިޓީ އާންމުވެއްޖެ
ފުލުހުންނާއި ސިފައިންގެ ފްލެޓް އެޅުމަށް ފުރަތަމަ ހަވާލުކުރި ނޫމަޑި ރެސިޑެންސް އެންޑް ރިސޯޓްއަށް ބަދަލުދޭން ނިންމިކަން އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގި ސިޓީ އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ސިޓިގައި ސޮއިކުރައްވާފައި ވަނީ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒެވެ.
އެ ސިޓީގައިވާގޮތުން އެ މަޝްރޫއު ހިންގުމަށް ނޫމަޑިއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ އަނބުރާ...