މަޝްހޫރު ސުޕަ ބޯލްގައި ފަލަސްތީނާއި ސޫދާންގެ ދިދަ އުފުލައިފި
ހުޅަނގުގެ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް ސުޕަ ބޯލްގެ ތެރެއިން ފަލަސްތީނާއި ސޫދާންގެ ދިދަ އުފުލައި މުޅި ދުނިޔެއަށް ދައްކާލައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އޮތް ސުޕަ ބޯލްގައި ފަލަސްތީނާއި ސޫދާންގެ ދިދަ އުފުލާލާފައި ވަނީ ހާފް ޓައިމްގައި އޮތް ކެންޑްރިކް ލާމާގެ ހުށައެޅުން ނިމެން އުޅެނިކޮށެވެ.
އެއްކޮށް ކަޅު ކުލައިގެ ހެދުމެއް ލައިގެން ހުރި މީހަކު ދަނޑުގައި އޮތް ކާރުގެ މައްޗަށް އަރައި އެ ދެގައުމުގެ ދިދަ ދައްކާލާފައިވަނީ...