އީރާނުން އެމެރިކާއާ މަޝްވަރާ ކުރުމަށް ދެކޮޅު ހަދައިފި
އެމެރިކާގެ ރައީސް ޓްރަމްޕްގެ ފަރާތުން ހުށަހެޅޭ އެއްވެސް މަޝްވަރާއެއްގައި އީރާން ބައިވެރި ނުވާނެ ކަމަށް އީރާންގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އީރާނާއި އެހެނިހެން ޤައުމުތަކާ ދެމެދު 2015 ގައި ވެވުނު ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު، އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އަވަސް ކުރަން ފަށާފަ އެވެ.
ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި މި އެއްބަސްވުން އުވާލެވުނެވެ.
ހާމަނާއީ ވިދާޅުވީ...