މިލަދޫ ބައި އިލެކްޝަނުން ޕީއެންސީ ބަލިވުމުން ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި
ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނުން ވެރިކަންކުރާ ޕީއެންސީ ބަލިވުމުން އެ ރަށު ފެނަކަ ބްރާންޗުގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށް، މައްސަލަ ބަލަން ފަށައިފި އެވެ. މިލަދޫން ވާހަކަދެއްކި މީހަކު ބުނީ އެ ތިން މުވައްޒަފުންގެ ކުށަކީ ޕީއެންސީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްނުދިނުން ކަމަށެވެ. އެއީ އެމްޑީޕީއަށް ސަޕޯޓުކުރާ ތިން މީހުންނެވެ. އެހެންވެ، އެ މީހުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އަޅުވައި މައްސަލަ އަންނަނީ ބަލަމުންނެވެ. މިކަމާ ގުޅިގެން...
0 Σχόλια 0 Μοιράστηκε