ޕީއެންސީގެ ޗެއާޕާސަނަކީ ރައީސް އައްޔަންކުރާ މަގާމެއް ކަމަށް ހަދައިފި
ވެރިކަންކުރާ ޕީއެންސީގެ ރައީސްގެ މަގާމަށް ޕާޓީގެ ރައީސް ބޭފުޅަކު އައްޔަންކުރަންޖެހޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނެސްފި އެވެ.
ޕީއެންސީގެ އޮފިޝަލަކު ވަނީ އެކަން "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ.
އޮފިޝަލް ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ އިއްޔެ އެ ޕާޓީގެ ލީޑާޝިޕުން ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
މިހާރު އަސާސީ ގަވާއިދުގައި އޮންނަ ގޮތުން ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަން ކުރަންޖެހެނީ ޕާޓީގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމަކުންނެވެ. ނަމަވެސް މި ގެނައި...