އާރްޑީސީގެ މުވައްޒަފުން ސަރުކާރަށް ފާޑުކިޔުމަކީ ކުށެއް ކަމަށް ހަދައިފި
އާރްޑީސީގެ މުވައްޒަފުން ސަރުކާރަށް ފާޑުކިޔުމަކީ ކުށެއް ކަމަށް އެ ކުންފުނީގެ އާ އެޗްއާރް ޕޮލިސީގައި ކަނޑައަޅައިފި އެވެ.
އާރްޑީސީގެ އާ އެޗްއާރް ޕޮލިސީގައި ވަނީ ނޯޓިހަކާ ނުލައި މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ. އެގޮތުން ވަޒީފާއިން ވަކިކުރެވޭ ސަބަބުތަކުގެ ތެރޭގައި "އެއިރެއްގައި އޮންނަ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން" ހިމެނެ އެވެ.
މިފަދައިން އެޗްއާރް ޕޮލިސީގައި ލިޔެފައި ވަނީ ސަރުކާރަށް ފާޑުކިޔާ އެ ކުންފުނީގެ މުވައްޒަފުން ވަޒީފާއިން...