މުޅިން އާ ފީޗާތަކާއެކު ދިރާގުޕޭގެ އާ ޕްލެޓްފޯމް ލޯންޗްކޮށްފި
ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އައު ޕްލެޓްފޯމް މުޅިން އައު ފީޗާތަކަކާއެކު ލޯންޗްކޮށްފި އެވެ.
މި ޕްލެޓްފޯމް ލޯންޗްކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލްފާޟިލް އަޙްމަދު މުނައްވަރު އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ގަވަރުނަރު ވަނީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން...