ގެދޮރުވެރިޔާ ފްލެޓުތަކުގެ އަގު މި ސަރުކާރުން ބޮޑުކޮށްފި
ކުރީގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދޫކުރި ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ "ގެދޮރުވެރިޔާ" ފްލެޓުތަކުގެ ކުލި މި ސަރުކާރުން ބޮޑުކޮށްފި އެވެ.
ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓުތަކަށް ކުރީ ސަރުކާރުން ކަނޑައެޅި ކުލި މި ސަރުކާރުން ބޮޑުކޮށްފައިވަނީ ހަރަދުުތައް ފޫނުބެދޭ ކަމަށް ބުނެ އެވެ.
ކުރީ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓްތަކަށް ކަނޑައަޅާފައި ވަނީ...