0 Commentarii
0 Distribuiri
Director
Descoperă oameni noi, creează noi conexiuni și faceti-va noi prieteni
-
Vă rugăm să vă autentificați pentru a vă dori, partaja și comenta!
-
HURIHAA.MVބީއެމްއެލްއަށް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް!ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ބޭންކުގެ ސާފު ފައިދާ ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރުވި ދެވަނަ ފަހަރެވެ. އެ ބޭންކަށް 2023 ވަނަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ އުސްއަލިތައް: ބީއެމްއެލްގެ ޖުމްލަ އާމްދަނީ ވަނީ 4.8...0 Commentarii 0 Distribuiri
-
އުރީދޫގެ މިދިޔަ ކުއާޓަރުގެ ސާފު ފައިދާ ބޮޑުތަނުން ދަށަށް ހިނގައްޖެއުރީދޫގެ މިދިޔަ ކުއާޓަރުގެ ސާފު ފައިދާ 166.8 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ގަތަރުގެ ކުންފުނީގެ ހިއްސާ މިހާ ބޮޑަށް ދަށްވީ ރާއްޖޭގެ އިގްތިސާދު ހީނަރުވެ އާއްމުން މުއާސަލާތަށް ކުރާ ހޭދަ ކުޑަވާން ފެށުމުންނެވެ. ގަތަރުގެ ކިޔު ޓެލް އާއި އާއްމުންގެ ހިއްސާވާ އުރީދޫއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 166.8 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ ކުއާޓަރުގައި...0 Commentarii 0 Distribuiri
-
ޓެކްނިކަލް މައްސަލައެއް ދިމާވެ، އެމްއެމްއޭގެ ފަވަރަގެ ހިދުމަތް މެދުކެނޑިއްޖެދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މި ވަގުތަށް އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ"ގެ ހިދުމަތް މެދުކެނޑިއްޖެ އެވެ. މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މިއަދު ހެނދުނުން ފެށިގެން ފަވަރަގެ ހުރިހާ ހިދުމަތްތަކެއް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. އަހަރުގެ ހުރިހާ ދުވަހެއްގައި، 24...0 Commentarii 0 Distribuiri
-
HURIHAA.MVއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓާންޝިޕްގައި ބައިވެރިވާން ހުޅުވާލައިފިއައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއައިއެޗް)ގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި އެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 1 ވަނަ އިންޓޭކް، މޭ 2025 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ހުޅުވާލާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން 15 ފަރާތަކަށް ފުރުސަތު ދޭ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މިމަހުގެ...0 Commentarii 0 Distribuiri
-
HURIHAA.MVއެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ 741 މިލިއަން ރުފިޔާއަށް ދަށްވެއްޖެއެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ 741 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތިގައި ވަނީ 15.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައިއިރު 6 ޕަސެންޓްގެ ދަށްވުމެކެވެ. އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި...0 Commentarii 0 Distribuiri
-
ދިވެހިން ވަޒީފާއެއް ނެތި ބާކީ ވިޔަ ނުދޭން ގައުމީ މަސައްކަތްތަކެއް ފަށަންޖެހޭ: ރައީސްއެންމެ ދިވެއްސަކުވެސް މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ދެއްވި ޚިތާބުގައި ވަނީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ. މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް...0 Commentarii 0 Distribuiri
-
ތައިލެންޑަށް ދާ މީހުން މިއަދުން ފެށިގެން ޓީޑީއޭސީ ފުރަން އަންގައިފިތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިއަދުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ފަރާތެއް، ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަން ޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކްސް އެކައުންޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އޮންލައިން ފޯމް ފުރުމަށް އެ މިނިސްޓްރީން ދީފައިވާ ލިންކު މެދުވެރިކޮށް ފުރޭނެ އެވެ. އަދި މި ލިންކު މެދުވެރިކޮށް...0 Commentarii 0 Distribuiri
-
ވެމްކޯގެ މުވައްޒަފު ވަކިކުރީ ގާނޫނާ ހިލާފަށް: އަޒާންސ. ހިތަދޫގައި މިދިޔަ ހަފުތާގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމުން ވެމްކޯގެ ހިތަދޫ ބްރާންޗްގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ. އަޒާން އެކްސްގައި ހިއްސާކުރެއްވި މުވައްޒަފުގެ ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުމުގައި ދައްކާގޮތުގައި، ވެމްކޯގެ ހިތަދޫ ބްރާންޗްގެ މެނޭޖަރު މޫސާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ "ސޯޝަލް...0 Commentarii 0 Distribuiri
-
ޑރ. ޝަހީމްގެ ރައްދު އިމްރާނަށް: ޕާޓީގެ ރައީސަށް ވާދަކުރަން ކެބިނެޓް ދޫކުރާކަށް ނުޖެހޭނެއަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރުމަށްޓަކައި ކެބިނެޓް މިނިސްޓަރުކަމުގެ މަގާމު ދޫކުރާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އަލީ ޝަހީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ވަކިވެ އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން އުޅުއްވާނަމަ، އެކަމަށް މަރުހަބާ ކިޔާ ކަމަށް އެ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ. މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ މެންބަރަކު މަގާމެއްގައި ހުންނަން...0 Commentarii 0 Distribuiri