0 Comments
0 Shares
Directory
Discover new people, create new connections and make new friends
-
Please log in to like, share and comment!
-
HURIHAA.MVއަސްކޮއި ޖަމާއަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލަ ބަލަނީއަސްކޮއި ޖަމާއަތުން މި ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ނުގެންދާ ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ. އަސްކޮއި ޖަމާއަތުގެ މައްސަލައެއް އެ މިނިސްޓްރީން ބަލަން ފަށާފައި މިވަނީ އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ދަތުރު ނުކުރުމަށް އެ ޖަމާއަތުން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން، ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ...0 Comments 0 Shares
-
HURIHAA.MVއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުންއަހަރުގެ މިހާތަނަށް ރާއްޖެއަށް 500،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 4.6 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،000 އަށްވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް...0 Comments 0 Shares
-
HURIHAA.MVފަހު ދިހައެއްގައި މާލޭގެ 34 މިސްކިތެއްގައި ދަމުނަމާދު، އިއުތިކާފަށް ތިބުމަށް 23 މިސްކިތެއްމި ރޯދަމަހުގެ ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ސަލްމާން މިސްކިތާއި، އިސްލާމީ މަރުކަޒު ހިމެނޭހެން ޖުމްލަ 34 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމުނަމާދުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ފޭސް އެކެއްގެ ހަ...0 Comments 0 Shares
-
HURIHAA.MVވަޅީގެ ހަމަލާއަށްފަހު ސައިފް އެނބުރި މަސައްކަތަށް!ޖެނުއަރީ މަހު ކުރިމަތިވި ވަޅީގެ ހަމަލާއަށްފަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ މަސައްކަތަށް އަލުން ނުކުމެއްޖެ އެވެ. ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ސައިފް އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންއަށް ނުކުމެފައިވާއިރު އޭނާ ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. ރީތިކޮށް ކޮށާފައިވާ މަތިމަހަކާއި ސަޑަކާއެކު އޮމާން ކޮށްފައިހުރި އިސްތަށިގަނޑަކީ އޭނާގެ ފިލްމުގެ ކެރެކްޓަރު ދައްކުވައިދޭ ސްޓައިލެއް ކަމަށް ބުނެވެ އެވެ. ސައިފް ފިލްމީ މަސައްކަތްތަކަށް ނުކުމެފައިވީ ނަމަވެސް އޭނާ...0 Comments 0 Shares
-
ރަމަޟާން މަހު ޖިއްދާގެ ފްލޯޓިން މިސްކިތަށް އިތުރު ހާއްސަ ކަމެއް!ރަތް ކަނޑުގެ އައްސޭރި ފަށުގައި ބިނާ ކުރެވިފައިވާ އެ މިސްކިތަކީ ސައޫދީ އަރަބިއާގެ ޖިއްދާގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ އެއް ބިނާ އެވެ. ފްލޯޓިން މަސްޖިދްގެ ނަމުން މަޝްހޫރު ވެފައިވާ އެ މިސްކިތަށް އެކި ނަން ނަމުން މުހާތަބު ކުރެވެ އެވެ. އޭގެ ތެރޭގައި މަސްޖިދުލް ރަހްމާއާއި މަސްޖިދުލް ފާތިމާ އައްޒަހްރާ ހިމެނެ އެވެ. މަސްޖިދުލް ރަހްމާ މި މިސްކިތަށް ލިބިފައިވާ އެންމެ ބޮޑު އެއް ހައިސިއްޔަތަކީ އެ މިސްކިތް ބިނާ ކުރެވިފައިވާ...0 Comments 0 Shares
-
HURIHAA.MVރޯދަ މަލާފަތް: ދިވެހިންގެ ރަހަތަކާ ގުޅޭ ގަބުޅި ބޯކިބާހުރިހާގެ ރޯދަ މަލާފަތް ސެގްމެންޓްގައި މިއަހަރު އަޅުގަނޑުމެން މި ގެނެސްދެނީ ދިވެހިންގެ އަމިއްލަވަންތަ ރަހަތަކެވެ. އިހު ދިވެހިންގެ ކެއުމުގައި ބޭނުންކުރި ބާވަތްތަކެވެ. އެގޮތުން ގަބުޅި ބޯކިބާއަކީ ދިވެހިންގެ ހާއްސަ މުނާސަބަތުތަކުގައި ފޮނި ކެއުމަކަށް ބޭނުންކުރި ވަަރަށް އާއްމު ކެއުމެކެވެ. އެއީ ތައްޔާރު ކޮށްލަން ފަސޭހަ ކެއުމެއް ވެސްމެ އެވެ. ބޭނުންވާ ތަކެތި 2 ޖޯޑު ގަބުޅި (ގާނާފައި) 1/2 1 ޖޯޑު ހަކުރު 1 ޖޯޑު ފުށް 2 ސައި ސަމުސާ ފިނިފެން 3 ސައި ސަމުސާ ފެން 3 ބިސް ތައްޔާރު...0 Comments 0 Shares
-
ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ކެއުމަކީ ގޯހެއް!ރޯދަ ވީއްލާ ގަޑިއަކީ ދުވާލު ނުކައި ހުރުމަށްފަހު ކެވޭ އެންމެ ފުރަތަމަ ކެއުމެވެ. ބަނޑުހައިވެފައި ހުންނަ ވަރުން ސުފުރާގައި ހުރި ގިނަ ކާތަކެތި އެއްފަހަރާ ކާލުމުގެ ޖޯޝެއް ވެސް އެގަޑީގައި އުފެދެ އެވެ. ނަމަވެސް ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ ޞިއްހީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން އެންމެ އާންމުކޮށް ދިމާވެދާނެ މައްސަލައަކީ ގެސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައިހެދުން ނޫނީ ގޭހުގެ އުދަނގުލެވެ. މާބޮޑަށް ވަރުބަލިވެ، ހަށިގަނޑަށް...0 Comments 0 Shares
-
HURIHAA.MVނިހާޔަތު އެކަނި ކުރިމަތިލުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލުން ހުޅުވާލައިފިސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ. ޖޭއެސްސީން އެ ފުރުސަތު އަލުން ހުޅުވާލީ އެ ކޮމިޝަނުން ދިން ދެ ދުވަހުގެ މުއްދަތުގައި ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށްވާތީއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރިޔަމް ނިހާޔަތު އެކަންޏެވެ. ޖޭއެސްސީގެ އިއުލާނުގައި ވަނީ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން...0 Comments 0 Shares
-
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިހުސްވެފައިވާ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ފުރުސަތު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މެންބަރު ކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ، ރައީސް އޮފީހުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ސީއެސްސީގެ މެންބަރުކަން މި ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އިބްރާހީމް ރަޝީދު އިސްތިއުފާދެއްވުމުންނެވެ. އިބްރާހީމް ރަޝީދު...0 Comments 0 Shares